އަކުރު ބޭނުންކުރާނެގޮތް

އަކުރު ކޮމްޕިއުޓަރަށް އެޅުމަށް

ވިންޑޯސްގައި އިންސްޓޯލް ކުރުމަށް
  1. އަކުރު ޑައުންލޯޑު ކުރައްވާށެވެ. ޑައުންލޯޑު ގަޑުން
  2. ޑައުންލޯޑު ކުރި ފައިލްގައި ޑަބަލް ކްލިކުކޮށް އިންސްޓޯލް ޕުރޮގުރާމް ފައްޓަވާ
  3. ޔޫސާ އެކައުންޓު ކޮންޓުރޯލް ވިންޑޯގައި ޒިއޯސިސް ވެރިފައިޑް ޕަބްލިޝާ ގެ ގޮތުގައި އިން ތޯ ބައްލާވާށެވެ. ޕުރޮގުރާމަށް ޒިއޯސިސް ނޫން ފަރާތަކުން އެއްވެސް ބަދަލެއް ގެނެސްފައި ވާނަމަ ވެރިފައިޑް ޕަބްލިޝާގައި ޒިއޯސިސްއެއް ނީންނާނެވެ.
  4. އެކައުންޓް ކޮންޓްރޯލް ވިންޑޯ އިން ޔެސް އަށް ފިއްތަވާލަވާ.
  5. އިންސްޓޯލް ޕުރޮގުރާމްގެ އިރޮޝާދާއި އެއްގޮތަށް ޕުރޮގުރާމް އިންސްޓޯލްކޮށް ފުރިހަމަ ކުރައްވާށެވެ.
    1. އަކުރު އިންސްޓޯލް ކުރުމުގެ ކުރިން ވިންޑޯސް އެކްސް ޕީ ބޭނުންކުރާ ފަރާތްތަކަށް
    2. ކޮންޓުރޯލް ޕެނެލިން ރީޖަނަލް އަންޑް ލޭންގުއޭޖު އޮޕްޝަންސް ހުޅުވާލާށަވެ.
    3. ސަޕްލިމެންޓަލް ލޭންގުއޭޖު ސަޕޯޓުގައި އިންސްޓޯލް ފައިލްސް ފޮ ކޮމްޕުލެކްސް ސްކްރިޕްޓް ގައި ފާހަކަ ޖަހާފަ އިންތޯ ބައްލަވާށެވެ. ފާހަގައެއް ނެތްނަމަ ފާހަގަ ޖެހުމަށް ފިއްތަވާލައްވާށެވެ.
    4. އޯކޭ އައް ފިއްތަވާ
    5. ނޯޓު: ބައެއް ފަހަރު މިހިސާބުން ވިންޑޯސް ސީޑީ ބޭނުން ވެދާނެއެވެ

އަކުރު ބޭނުންކުރުން

  1. ތާނަ އިން ލިޔުމަށް ބޭނުންވާ ޕުރޮގްރާމް ހުޅުވާލައްވާ
  2. ވިންޑޯސް ލޭންގުއޭޖް ބާރ އިން ޒިއޯސިސް އަކުރު ނަންގަވާ
  3. ޕުރޮގުރާމްގައި އާންމުކޮށް ޓައިޕް ކުރާގޮތަށް ޓައިޕު ކުރަން ފައްޓަވާ
    • އަކުރު އެކަނި ހުޅުވި ލެޓިން އިން ޓައިޕު ކުރާ ބަސްތައް ތާނަ އަށް ބަދަލުކޮށް ކުށް ބަސް ރަނގަޅު ކޮށްދޭނެ
    • އަކުރު ވިންޑޯއިން ބޭނުން ބަސް ނެންގެވުމަށް ސްޕޭސް ނުވަތަ އެންޓަރ ފިތަށް އޮއްބަވާލާ
    • ބޭނުން ބަހަކަށް ދިޔުމަށް ކޮންޓުރޯލް ފިތަށް އޮއްބުމަށް ފަހު ދޫއްކޮލާ
    • ބަހުގެ ކުށް ރަނގަޅުކޮށްފައިވާ ލިސްޓުން ބަހެއް ނެންގެވުމަށް އެބަހަކާއި ދިމާލުގައި ވާ ނަމްބަރަށް ފިއްތަވާ

އަކުރު ޕޭޑް ބޭނުންކުރުމަށް

  1. އަކުރު ޕޭޑް ހުޅުވުމަށް ސްޓާޓް މެނޫއިން ޒިއޯސިސް އަކުރު ދެން އަކުރު ޕޭޑް ނަންގަވާ
  2. އަކުރު ޕޭޑް އަކީ ބޭނުންކުރަން ފަސޭހަ ޕުރޮގުރާމެކެވެ.
  3. ލެޓިނުން ލިޔުމަށް ބޭނުން ފުޅުވާނަމަ، މަތީގައި އިން ހުދު ގޮޅީގައި ލެޓިނުން ލިޔުށްވާށެވެ.
  4. ލެޓިން ލިޔުން ތާނާއަށް ބަދަލުކުރުމަށް، ކޮންވާޓް ފިތަށް އޮބާލާ
  5. ތާނައިން ލިޔުމަށް ބޭނުން ފުޅުވާނަމަ، ތިރީގައި އިން ހުދު ގޮޅީގައި ތާނައިން ލިޔުށްވާށެވެ.
  6. ކުށް ބަސް ފާހަކަ ކުރުމަށް، ސްޕެލް ޗެކް ފިތަށް އޮބާލާ
  7. މައިކުރޯސޮފްޓް ވާޑް ޕުރޮގުރާމަށް ތާނަ ލިޔުން ފޮނުވާލުމަށް، ޕެސްޓު ޓު މައިކުރޯސޮފްޓް ވާޑް ފިތަށް އޮބާލާ

ފޮންޓު ބަދަލު ކުރާ އާލަތް ބޭނުންކުރުމަށް

    ފޮންޓު ބަދަލުކުރާ އާލަތް ބޭނުން ކުރަމަށް އެޑްމިނިސްޓްރޭޓަރ އެކްސެސް ބޭނުންވާނެއެވެ
  1. ފޮންޓު ބަދަލުކުރާ އާލަތް ހުޅުވުމަށް ސްޓާޓް މެނޫއިން ޒިއޯސިސް އަކުރު ދެން އަކުރު ފޮންޓު ޓޫލް ނަންގަވާށެވެ
  2. މިހާރު ވިންޑޯސިން ތާނަ ދެއްކުމަށް ބޭނުންކުރާ ފޮންޓު މަތިން ފެންނާނެއެވެ
  3. ބޭނުން ފޮންޓެއް ތިރީގައި އިން ފޮންޓު ލިސްޓުން ނަންގަވާށެވެ
  4. ސެޓް ނިޔޫ ޑިފޯލްޓް ފޮންޓް ފިތަށް އޮބާލާ
  5. ކުލޯސް ފިތަށް އޮބާލާ
  6. ކޮމްޕިޔުޓަރު ރީސްޓާޓް ކުރުމުން އަލަށް ނެންގެވި ފޮންޓު ވިންޑޯސިން ބޭނުންކުރަން ފަށާނެވެ
  7. އަނބުރާ އަކުރު ފޮންޓަށް ބަދަލު ކުރަން ބޭނުންވާ ނަމަ، ސެޓް އެމް ވީ ބޮލި އެސް ޑިފޯލްޓް އައް ފިތާލާ

ލެޓިން އެހީ

ތާނަ އަކުރު ގެނައުމަށް
    އަކުރު
  • h - ހ
  • sh - ށ
  • n - ނ
  • r - ރ
  • b - ބ
  • lh - ޅ
  • k - ކ
  • a - އ
  • v - ވ
  • m - މ
  • f - ފ
  • dh - ދ
  • th - ތ
  • l - ލ
  • g - ގ
  • gn - ޏ
  • s - ސ
  • d - ޑ
  • z - ޒ
  • t - ޓ
  • y - ޔ
  • p - ޕ
  • j - ޖ
  • ch - ޗ
  • n' -ނ  hus noonu
  • r -ރ  hus raa
    ފިލި
  • a - ަ    abafili is added automatically in most cases
  • aa - ާ    aabaafili
  • i -  ި    ibifili
  • ee -  ީ    eebee fili
  • u -  ު    ubufili
  • oo -  ޫ    ooboofili
  • e -  ެ    ebefili
  • ey -  ޭ    eybefili
  • o -  ޮ    obofili
  • oa -  ޯ    oabofili
  • oa -  ް    oabofili
  • ay - އި  alif ibifili
  • އަކުރު ދެފަހަރަށް ތަކުރާރު ކުރައްވާ- އް  alif sukun
  • އަކުރު ޓިން ފަހަރު ތަކުރާރު ކުރައްވާ- ށް  shaviyani sukun
  • ދެއަކުރު ފަހަތައް ކޮމާކޯޅި- ށް  shaviyani sukun
-
    އަރަބި އަކުރު
  • Q - ﷲ  Allah
  • tsx - ޘ - ث  ttaa
  • hx - ޙ - ح  hhaa
  • kh / kx - ޚ - خ  khaa
  • zx - ޛ - ذ  thaalu
  • shx - ޝ - ش  sheen
  • sx - ޞ - ص  saad
  • dx - ޟ - ض  daad
  • tx - ޠ - ط  thaa
  • lx - ޡ - ظ  laad
  • q - ޤ - ق  qaf
  • ax - ޢ - ع  'ain
  • gh / gx - ޣ - غ  ghain
    Others
  • w- ޥ  waaw
  • rx- ޜ  zaa

މިސާލު
  • އަކުރު = akuru
  • މާލެ = maale
  • ބައްތި = batthi
  • ކަނޑު = kan'du
  • ބިރު = biru
  • ބީރު = beeru
  • ބޯޅަ = boalha
  • ކާއްޓެއް = kaatteh
  • ހަވީރަށް = haveera'h
  • ކޮށްފައިވާ = ko'ffayvaa or koffffayvaa
  • ފައިވާން = fayvaan
  • ތަތްކުރުން = thaikurun
  • މަސައްކަތް = masakkath
  • ޚަބަރު = khabaru or kxabaru
  • ޢިލްމު = axilmu
  • ޞިއްޙަތު = sxihxhxathu
  • ޤާނޫނު = qaanoonu
  • ރިޔާޟުއްޞާލިޙީން = riyaadxusxsxaalihxeen
  • ހުޅުމާލޭގައެވެ = hulhumaaleygaeve

މެކުރޯ އުފެއްދުމަށް

  1. ލޭންގުއޭޖު ބާރ ރިސްޓޯ ކުރައްވާ. ލޭންގުއޭޖު ބާ ރިސްޓޯ ކޮށްފައި ނުވާނަމަ, ތިރީގައި ވާ އިރުޝާދު ބައްލަވާ
      އެކްސް ޕީ, ވިސްޓާ, ވިންޑޯސް 7
    1. ޓާސްކުބާގައި ވާ ލޭންގުއޭޖު އައިކަންގައި ރައިޓު ކްލިކް ކޮއްލަވާ
    2. ހުޅުވޭ ޝޯޓްކަޓް މެނޫއިން ރިސްޓޯ ލޭންގުއޭޖު ބާގައި ފިއްތަވާލައްވާ
      ވިންޑޯސް 8
    1. ޓާސްކުބާގައި ވާ ލޭންގުއޭޖު އައިކަންގައި ރައިޓު ކްލިކް ކޮއްލަވާ
    2. ޗޭންޖް ލޭންގުއޭޖު ޕްރިފަރަންސްގައި ފިއްތަވާ
    3. އެޑްވާންސް ސެޓިންގްސްގައި ފިއްތަވާ
    4. ސްވިޗިންގް އިންޕުޓް މެތަޑްސް ތެރެއިން ޔޫސް ޑެސްކްޓޮޕް ލޭންގުއޭޖު ވެން އެވައިލަބަލްގައި ފިއްތަވާ. އެއަށް ފަހު, ކަނާއަތް ފަރާތުން އޮޕްޝަންސް ގައި ފިއްތަވާ
    5. ލޭންގުއޭޖު ބާ ވިންޑޯ އިން ފްލޯޓިން ޑެސްކްޓޮޕް ގައި ފިއްތަވާ
  2. ލޭންގުއޭޖު ބާއިން ދިވެހި / ޒިއޯސިސް އަކުރު ނަންގަވާ
  3. ޓޫލްސް މެނޫއިން އެޑިޓް މެކްރޯ ނަންގަވާ
  4. މެކްރޯ ވިންޑޯއިން ނިޔު ގައި ފިއްތަވާ
  5. މެކްރޯ ލިސްޓުގެ ތިރީ ރޮނގުގެ ވާއަތް ފަރާތު މެކްރޯގެ ކުރުބަސް ލިޔުއްވާ. އަދި ރޮނގުގެ ކަނާއަތް ފަރާތު މެކްރޯ ލިޔުމުން ދައްކައި ދޭން ބޭނުންވާ ދިވެހި ބަސް ނުވަތަ ލަފްޒު ލިޔުއްވާ
  6. އޯކޭ އައް ފިއްތަވާ
  7. އަލަށް ދެންމެ އުފެއްދި މެކްރޯ މިހާރު ބޭނުން ކުރެވޭނެ

އަކުރު ކޮމްޕިއުޓާއިން ފޮހެލުމަށް

  1. ކޮންޓްރޯލް ޕެނެލްއިން ޕުރޮގުރާމް (އެކްސް ޕީ ނަމަ އެޑް ރިމޫވް ޕުރޮގުރާމް) އަށް ދުރުވޭ
  2. ލިސްޓުން ޒިއޯސިސް އަކުރު ނަންގަވާ
  3. އަނިންސްޓޯލަށް ފިއްތަވާ

ނޯޓު: އަނިންސްޓޯލުކުރާއިރު އެއްވެސް ޕުރޮގުރާމަކުން އަކުރު ބޭނުން ކުރާނަމަ ކޮމްޕިއުޓާ ރީސްޓާޓު ކުރަން ޖެހިދާނެ އެވެ.